ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 7:30 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުން ކަނޑުގައި، ޕްރައިވެޓް އިވެންޓަކަށް ހަވާ އަރުވާނެ ކަމަށެވެ. އަދި ހަވާ އެރުވުން 7 މިނެޓަށް ހަވާ ކުރިއަށް ދާނެ ކަމަށް ބުންޏެވެ.
މާލެ ސަރަހައްދުގައި އެކިއެކި އިވެންޓްތަކާ ގުޅިގެން ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.





