ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

Advertisement
Advertise with us

އެމަނިކުފާނު ރިނބުދުއަށް ވަޑައިގެންނެވުމުން،ރަށު ކައުންސިލާއި، ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މިދަތުރުފުޅުގައި ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ”ބަނދަރުހިޔާ“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަނަކީ، ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ރަށު ކައުންސިލުގެ އިސްނެންގެވުމަށް ބަނދަރު ސަރަޙައްދުގައި ތަރައްގީ ކޮށްފައިވާ 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލެކެވެ.