ޓިކްޓޮކް ކުޅޭ މަރިޔަމް ޝިފާ، އަންހެނަކާއެކު ފާހިޝް އަމަލު ހިންގި ވީޑިއޯއެއް އާންމުވެފައިވާއިރު، އެ މައްސަލަ އެއްވެސް ފަރާތުން ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝިފާ ބަދުއަހްލާގީ އަމަލު ހިންގި ވީޑިއޯ އާންމުވުމުން، ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ.
އޭނާ އެންމެ ފަހުން މިކަމަށް އެއްބަސްވެސް ވެފައިވާ ކަމަށް، ޑިޒައިނަރު އަދި ނެށުންތެރިޔާ ޖާދު ބުނެފައިވާއިރު، މި މައްސަލަ ބަލަމުންދޭތޯ ”އަސުރުން“ ފުލުހުންނާ ސުވާލު ކުރުމުން ބުނީ ”އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް“ އަދި މައްސަލަ ބަލަމުން ނުދާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަންހެނަކާ ގުޅުން ބޭއްވުމަކީ ”ހިނގަމުންދާ ކަމެއް“ ކަމަށް ޝިފާ އެއްބަސްވުމުން، ޖާދު ވަނީ، އޭނާ ހަދާފައިވާ ނެށުންތެރިން ހިމެނޭ ގްރޫޕަކުން ޝިފާ ބޭރުކޮށް، މިކަން ފޭސްބުކްގައި ހާމަވެސް ކޮށްފައެވެ.
ޓިކްޓޮކް ކުޅޭ ބައެއް މީހުންގެ ފަރާތުން މިފަދަ ދީނާ ހިލާފު އަމަލުތައް ދަނީ ފެންނަމުންނެވެ.

ބަލަ ބަޔަކު ހުށަނޭޅިޔަސް އެކަން އެނގު ނީމަ އެވީ ބަލަން ނޫންބާ. ދީނާ ޚިލާފް ކަމެއް ކުރިކަން ސާބިތުވާ އިރުވެސް ހަމަ އަޅާ ނުލާ. ރުހުމުގަ ކޮށްފިއްޔާ ޒިނޭ ކުރާތަން ފެނުނަސް މި ބައިގަނޑު އަޅާ ނުލާނެ ފުލުހުންގެ އިސް މީހާއަކީ މިބާވަތުގެ ކަންތަކަށް ތަރުހީބުދޭ މީހެއް ކަމަށް ލަފާ ކުރެވެނީ. ދެވަނަ އިންޑިއާ އަށްވެ ނިމިއްޖެ
ޝިފާގެ އަގުވައްޓާލަން މީސްމިޑިއާއަށް ލައިގެން ތިޔައުޅެނީ ވަކިން ސަހަލު މީހެއްނޫން. އޭނާއަކީވެސް އެއްޖިންސުގެ މީހެއް. ވީޑިއޯއެއް ހަދާލުމަކީ މިހާރު މެޓާ.
ކޮބާއަނެއްމިހާ