މިއަދު ފާހަގަކުރަމުން އަންނަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނަށް މެސެޖެއް ދެއްވައިފިއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި އިލްތިމާސް ކުރެއްވީ، މާލެ ސިޓީއަކީ ރައްކާތެރި ގޮތުގައި ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ބޭނުންކުރާ ސިޓީ އަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށެވެ.
"ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް 2022"
މާލެ ސިޓީއަކީ ރައްކާތެރި ގޮތުގައި ކާބޯތަކެތި އުފައްދާ، ވިއްކާ، އަދި ބޭނުންކުރާ ސިޓީ އަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމާތޯ!— Dr Mohamed Muizzu (@MMuizzu) June 7, 2022
ޖޫން މަހުގެ ހަތްވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ރައްކާތެރިނޫން ކާބޯތަކެތީގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކާ ގުޅިގެން މީހުން ހޭލުންތެރި ކުރުމެވެ.
މިދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ސޭފަރ ފުޑް، ބެޓަރ ހެލްތު“ ނުވަތަ ”ރައްކާތެރި ކާނާ، ދުޅަހެޔޮ ސިއްހަތެއް“ މިއެވެ.