ނުވަ މަސް ދުވަސް ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:00ގައެވެ.

އެމަނިކުފާނު ނޫސްވެރިންނާ ބަައްދަލު ނުކުރައްވާކަން ފާހަގަކޮށް، ބައެއް ނޫސްވެރިން ވަނީ މީސްމީޑިއާގައި އެކަމަށް ފާޑުވެސް ކިޔައިފައެވެ.

ވެރިކަން ލިބިވަަޑައިގަތުމުގެ ކުރިން، ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވައި، މަހަކު އެއްފަަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.