މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

އެ ޕާޓީގެ ކޮންގްރެސްއާ ގުޅިގެން އަސާސީ ޤަވައިދަށް އިސްލާޙު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެގޮތުން އަސާސީ ގަވާއިދުގެ އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާޙު ހުށަހަޅާނަމަ އިސްލާޙު ހުށަހަޅާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އޯގަސްޓްމަހުގެ 19 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުން ހިމެނެއެވެ.