ހދ.ނޭކުރެންދޫގައި އެޅުމަށް ހަަމަޖެއްސި އިންޑަސްްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށި ލަސްވަމުންދިޔުމާއި، އެރަށަށް ދަތިވާ އެހެނިހެން ކަންކަން، ރަށު ކައުންސިލުން ސަރުކާރާ ހިއްސާ ކުރައްވައިފިއެވެ.

Ads by Asuru

ރަށުގެ ކައުންސިލަރުން މިކަންބޮޑުވުން ފާޅުކޮށްފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަައިގައެވެ.

މި ބައްދަލުކުރެއްވުމުގެ ނޭކުރެންދޫ ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކުޑަކުދިންގެ ޕާކެއްގެ ބޭނުންތެރިކަމާއި، ރަށުގެ ކުނިގޮނޑެއް ގާއިމްކުރުމާއި، ނޭކުރެންދޫގެ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ އިޖްތިމާޢީ ފޭރާމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ނައިބު ރައީސްއާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާ ގޮތް ގާތުން ބައްލަވަމުން ގެންދަވާނެކަމަށާ ކައުންސިލުން ހިއްސާކުރައްވާފައިވާ މައުލޫމާތުގެ އަލީގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ އެކަންކަމުގެ މަޝްވަރާތައް ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.