އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު މުނު މަހާވަރު، އިލެކްޝަން ކޮމިޝަން(އީސީ)އާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އީސީން ބުނީ އެ ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން، އީސީން 15 ގައުމަކަށް ދައުވަތު ފޮނުވައިފައިވާއިރު،  މި އަހަރުގެ އިންތިހާބުގައި 8 ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެއެވެ.

އެއީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްކުރި ގައުމުތަކެއްގައެވެ.