ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމުގެ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން، އަންނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވަން ބޭނުންފުޅުވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހުގެ މި ވާހަކަފުޅާ ގުޅިގެން ހިތްހަމަނުޖެހުންފާޅުކުރައްވައި، ޓްވިޓަރގައި ރައީސް ނަޝީދު ވިދާޅުވީ މިއީ ވެރިކަމަށް ފައި ނަންނަވަންވީ ވަގުތެއް ނޫން ކަމަށާއި، މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް، ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ވިސްނައި، މަގަށް އަޅުވާންވީ ވަގުތު ކަމަށެވެ.

ރައީސް ސޯލިހު ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަންނަ އަހަރުގެ ރިޔާސީ ރޭހަށްނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ފުރަތަމަ ފަހަރަށް ފާޅު ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން 2023 ކާމިޔާބު ކުރަން އެދޭނަމަ، ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި، އެންމެ މުހިންމު ކަމަކީ އެމްޑީޕީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.