ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ދިރުވާލައިގެން ގިނަ އަަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ބުނެއެވެ.
އެގޮތުން އެދުވަހު ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއައި ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން، އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެނެސްފައިވާކަމާމެދު ޝައްކުކުރެވިގެން ބަލާ ފާސްކޮށް ސްކޭން ކުރި ކަމަށާއި، އޭނާގެ އެތެރެހަށިން 80 ބުލެޓް ނެގިފައިވާ ކަމަށާއި، މިތަކެތި މަސްތުވާތަކެތީގެ ބާވަގެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 852 ގްރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ އަގު 1،062،444 ރުފިޔާއަށް އަރާ ކަމަށެވެ.