ރާއްޖޭގެ ޕެންޝަން ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
އެގޮތުން 2050 އަންނައިރު، މުޅި ދެކުނު އޭޝިއާގައިވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ގިނަވާނީ ރާއްޖޭގައި ކަމަށް ބުނެފައިވާއިރު އެހާތަނަށް އަންނައިރު، ރާއްޖޭގެ ޖުމުލަ އާބާދީގެ 32 ޕަސެންޓް ހިއްސާކުރާނީ އުމުރުން ދުވަސްވީ މީހުން ކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، މިހާރަށްވުރެ ފުދުންތެރި އަދި ދެކޮޅުޖެހޭ ނިޒާމަކަށް ޕެންޝަންގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށާއި، ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަރަދުކުރަނީ ޕެންޝަން ސްކީމަށް ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ ޕެންޝަންގެ ނިޒާމު މިހާރު އޮތް ގޮތުން ހުރި ބައެއް ގޮންޖެހުންތައްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މާލީ ގޮތުން ދެކޮޅު ނުޖެހުމާއި ސަރުކާރުގައި މަސައްކަތްކޮށް ރިޓަޔާކުރާ މީހުންގެ 30 ޕަސެންޓް މީހުންނަށް އިސްރަށްވެހިންގެ އިނާޔަތާއި ރިޓަޔަމެންޓް ޕެންޝަން ލިބުމާއި ޕެންޝަން ލިބޭ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ސިވިލް ސާވެންޓުންނަށް ވުމަކީ އެ ނިޒާމަށް އޮތް ގޮންޖެހުމެއް ކަމުގައި ބުނެފައިވެއެވެ.


ޕެންޝަނަރުގެ ފައިސާކޮޅުން އެމީހާއަށް ފައިދާއެއް ކުރާނެކަމަށް ކުރިއުންމީދުވެސް މިދިޔައީފެނަށް ތީވެސް ބުނިގޮތަށް ވަޢުދު ނުފުއްދުމަށް ދައްކާ އުޒުރެއް!
ކީއްކުރަން 55 ވެގެން މެޖިސްޓްރޭޓް ކޯޓް ތަކުން ރިޓަޔަރ ކުރާ މެޖިސްޓްރޭޓުންނަށް އުމުރަށް ކޮންކަމެއް ކުރަންދޭ 27000 ހަތާވީސްހާސް ރުފިޔާެއެއް. ހީވަނީ ލާރި ގިނަވެގެން ހަދާނެ ގޮތެއް ނެތިގެން އުޅޭހެން. ސިވިލް ސާވިސްގަ މަސައްކަތް ކުރާމީހަކު(ޑިރެކްޓަރ) 65 ވެގެން ވަކިވިއަސް އެވަރު ނުލިބޭ. މީ އިންސާފެއް ނޫން.