ކީރިތި މާތް ނަބިއްޔާ މުހައްމަދު (ސ.އ.ވ)އަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ނުކުމެ، އެކަލޭގެފާނުގެ ދިފާއުގައި އަޑު އުފުލައިފިއެވެ.

Ads by Asuru

މިއަދު ހަވީރު ރަސްފަންނުގައި ބޭއްވި ސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުންނެއް ބައިވިރިވީއިރު، ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރްމާ، ނަބިއްޔާއަށް ފުރައްސާރަ ކުރި ކުރުމާ ދެކޮޅަށާއި، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށްވެސް ދިވެހި ޒުވާނުން އަޑު އުުފުލާފައިވެއެވެ.

އަދި ނުޕޫރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯވެސް އަންދާލާފައިވެއެވެ.

ޓީވީ ބަހުސެއްގައި ނުޕޫރު ދެއްކި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އިސްލާމީ ބައެއް ގައުމުތަކުން ވަނީ އޭނާ ދެކޮޅަށް އެއްވުންތައް ބާއްވައިފައެވެ. މި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރީ، ކަން ހިނގާ ދިޔަތާ ހަފްތާއެއް ފަހުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި، ސަރުކާރުން އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއާ ދެކޮޅަށް ބަޔާން ނެރުނީ ރައްޔިތުންގެ ޕްރެޝަރާ ގުޅިގެންނެވެ.