ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮންޓެއިނަރުތަކެއްގެ ތެރޭގައި ހުރި މާބްލް ޝީޓްތަކެއްގެ ދަށުވެ މީހަކު މަރުވެއްޖެއެވެ.

Ads by Asuru

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ. އެ ހާދިސާގައި މަރުވީ ބިދޭސީއެކެވެ.

ހާދިސީ ހިނގީ އެ ކޮންޓެއިނަރުގެ ތެރޭގައި ހުރި މާބްލް ޝީޓްތަކެއް ހުސްކުރުމުގެ މަސައްކަތްކުރުމުގެ ތެރޭގައި ކަމަށާއި، ހާދިސާގައި ތާށިވި ދެ މީހުންގެ ތެރެއިން އެކަކު ވަގުތުން މަރުވީ ވެސް ފުލުހުން ބުންޏެވެ.