ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގް(ޓޮމް) ކަނޑުމަތިން ރަހީނު ކޮށްފިއެވެ.

Ads by Asuru

އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ބުނި ގޮތުގައި މަހިބަދޫ ބަނދަރަށް ކައިރި ލޯންޗަކަށް ޓޮމް އަރާވަޑައިގަތުމުން، ލޯންޗުގައި ތިބި މީހުން ވާ މޮހާލައި، ވަނީ ނައްޓާލާފައެވެ.

ޕީޕީއެމުން ބުނި ގޮތުގައި އެ ލޯންޗަކީ ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ހިފައިގެން އައި ލޯންޗެކެވެ.

ލޯންޗަށް ތޯރިިގު އެރީ ސަލާމް ވެސް ގޮވާފައި ކަމަަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

ނަމަވެސް ލޯންޗު ބަނދަރުން ނިކުމެ ދަތުރު ކުރަން ފަށާފައިވާ ކަމަށާ ކަނޑުމަތީ ތޯރިގް ރަހީނު ކޮށްފަައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މަހިބަދޫ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.