ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވެރިކަމުގެ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން ރައީސް ސޯލިހު އިއުލާން ކުރެއްވީ، ނުވަ މަސް ދުވަސް ފަހުން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމަނިކުފާނު ވަނީ ކޯލިޝަނަކާއެކު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ”ޗޮއިސް“ އަކީ އެމަނިކުފާނު ކަަަަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ރައީސަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށާއި އަދި ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ.