ދިވެހީން މިއަދު ތިބީ ހުރިހާ މާނައެއްގައިވެސް އަޅުވެތިވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ
ވިލިމާލެ ޑަބްލިޔުޑީސީގެ ހުސްވެފައިވާ ގޮނޑިއަށް، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވަނީ ކަޅު ދުވަސްތަކެއް ކަމަށާއި، ޖުމްހޫރީ މައިދާނުގައި ބޮޑު ދިދައެއް ނަގާފައި ހުއްޓަސް، ދިވެހީންނަށް މިނިވަންކަމެއް ނެތް ކަމަށެވެ
ކިތަންމެ ވަރަކަށް ޖުމްހޫރީ މައިދާނުގައި ރީތި ދިދައެއް އުސްމިނަށް ނެގިފައި ހުއްޓަސް، އޭގެ ސިޔާދަތެއް ނެތް. އޭގެ ސިޔާދަތެއް ނެތް، ގަބޫލު ކުރައްވާ.“ ”
ރައީސް ޔާމީން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އިލްތިމާސެއް ކުރައްވައިފައެވެ. އެއީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ދޫކުރެއްވުމަށްފަހުގައި، ދިވެހީންނަށް ދިވެހީންގެ ގައުމު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރެއްވުމެވެ
”ސަރުކާރު ހިންގަން ނޭނގޭ ކަމަށް ވަންޏާ، އެއީ ތަފާތު މައްސަލައެއް. އެހެންނަމަވެސް ގައުމު އަޅުވެތި ނުކުރާށޭ.“
ރައީސް ޔާމީން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގިނަ ޕާޓީތައް އުފެއްދި މަގްސަދާ ހިލާފުވެފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންވެސް
ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލައްވައިފައެވެ