ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި އެ ރެސްޓޯރެންޓްގެ ޝެފަކަށް މަސައްކަތްކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާ ކޮށްފިއެވެ.

Ads by Asuru

މި މައްސަލަ އާއި ގުޅިގެން ދައުލަތުން އާބިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ.

ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވެފައިވަނީ އެމްޑީ ޝާހިން ،29، ނަމަކަށް ކިޔާ ފިރިހެނެކެވެ. ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.