އިޒްރޭލުގެ ޔަހޫދީން ދިން އުދުވާނީ ހަމަލާތަކެއްގައި ފަަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދު ކޮށްލައި، 10 މީހަކު ޒަހަމް ކޮށްލައިފިއެވެ.

Ads by Asuru

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. މި ތިން މީހުންވެސް ޝަހީދު ކޮށްލާފައިވަނީ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ޔަހޫދީން ބުނެއެވެ.

އިޒްރޭލުން ޖެނިންގައި ހިންގި އޮޕަރޭޝަނުގައި 30 އުޅަނދެއް ބޭނުންކޮށްފައިވެއެވެ. ޔަހޫދީންގެ މިހަމަލާތަކާ ގުޅިގެން ބަދަލު ހިފާނެކަމުގެ އިންޒާރު ޣައްޒާގެ ހަމާސް ޖަމާއަތުން ވަނީ ދީފައެވެ.