ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށްގެންދާ ފެއަރ، ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވައިފިއެވެ.

Ads by Asuru

މި ފެއަރއަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިސްނަންގަވައިގެން، ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ ފެއަރއެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރު ފެށުމާއެކު އެންމެ އިސްކަމެއް ދީގެން ފެށި މަސައްކަތްތަކުގެ ތެރޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ ކަންކަން ހިމެނުނު ކަމަށެެވެ.

ފެއަރ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުވެސް ރާއްޖޭގައި 1154 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ.

އަދި މުމުއްދަތުގައި އެކްސިޑެންޓެއްގައި އެކަކު މި ދުނިޔެ ދޫކޮށްފައިވާކަމަށް މައިމޫނާ ފާހަގަކުރެއްވިއެވެ.