ތުއްތު ކުދިންނަކީ ވަރަށް ނާޒުކު ބައެކެވެ. ބޮޑެތި މީހުންނާ ހިލާފަށް ކަންކަން ނަގައިގަންނަން އެކުދިންނަކަށް ފަސޭހައެއް ނުވާނެއެވެ. އެހެންނަމަވެސް ތުއްތު ކުދިންވެސް އެތައް ކަމެއް އިހުސާސް ކުރެއެވެ.

Ads by Asuru

ރުޅި އައުމާއި، އުފާވުމާއި، ދެރަވުމާއި ލަދު ގަތުމެވެ. ތުއްތުއިރު ކުރެވޭ ބައެއް ތަޖުރިބާތަކުގެ އަސަރު ވަރަށް ފަހުންވެސް ކުރެއެވެ. އެހެންކަމުން، މިއީ ތުއްތު ކުދިންގެ މައިންބަފައިން ސަމާލުވާން ޖެހޭ ކަމެކެވެ.

ބާކީވެފައިވާ ކަމުގެ އިހުސާސް ކުރެވުން:

ކުޑަކުއްޖަކަށް މި އިހުސާސް ކުރެވޭނަމަ، ބޮޑުވެގެން ކަންކަމާ ކުރިމަތިލާން ފަސްޖެހިދާނެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އަމިއްލަ ނަފްސުގެ މުހިންމު ކަމާމެދު ސުވާލު އުފެދޭ ހިސާބަށްވެސް ހިނގައިދާނެއެވެ. އެހެންކަމުން ދަރިންނަށް ބާކީވެފައިވާ ކަމުގެ އިހުސާސް ވިޔަ ނުދޭށެވެ.

ނާއިންސާފުން ކަންތައް ކުރުން:

ދަރިންނާ ދޭތެރޭގައި ތަންކޮޅެއް ހަރުކަށި ވެވޭނަމަ، ”މިސްޓޭކް“ ހަދައިގެން ކަންކަން ދަސްކުރަން ދަރިންނަށް ދެވޭ ފުރުސަތު މަދުވެއެވެ. މިހެންވުމުގެ ސަބަބުން ދަރިން ކަންކަމާ ކުރިމަތިލާން ފަސްޖެހެެއެވެ. އަދި އެއްވެސް ކަމެއްގައި އެކުއްޖަކު ބޭނުންވާ ގޮތް، ނުވަތަ ދެކޭގޮތް ހާމަ ކުރަން ފަސްޖެހިދާނެއެވެ.

މަލާމާތް ކުރުން:

ކުޑައިރު އާންމު ގޮތެއްގައި ކުއްޖަކަށް މަލާމާތް ރައްދުވާނަމަ، އެއީ ވަރަށް ދެރަ ކަމެކެވެ. މިއީވެސް ކުއްޖާއަށް އަމިއްލަ ނަފްސުގެ މުހިންމުކަމާމެދުގައި ސުވާލު އުފެދިދާނެ ކަމެކެވެ. އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ނަފްސާނީ ގޮތުން ބަލިކަށި ކުރުވާނެ ކަމަކަށްވެސް ވެދާނެއެވެ.

ަ