އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ލައިވް ކުރުމަކީ ސަރުކާރުން ވަރަށް މޭކަރާ ކަމެއް ކަަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމަށް ސަންގު ޓީވީއަށާއި، ޗެނަލް13އަށްވެސް އެންގި މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ފަހުން ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަން ފެށީވެސް ގޮތް ހުސްވެގެން ކަަމަށެވެ.

އަދި އެމަނިކުފާނުގެ ޝަރީއަތް ޓީވީތަކުން ލައިވް ކުރާތީ، ސަރުކާރުން އެކަމާ ކަންބޮޑުވެ، ލައިވް ނުކުރަން އަންގަން މަޖުބޫރުވީ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހައްގަށް ނަސްރު ލިބޭނެއެވެ.