ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ، އެމްޑީޕީ މެންބަރު އަޙުމަދު ހައިތަމް އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވިކަމަށް ”ހަތާވީސް“ ނޫހަށް ކަށަވަރު ވެފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ. މެމްބަރު ހައިތަމަށް، މި ސުވާލު ކުރުމުން އަދި ޖަވާބެއް ނުދެއްވައެވެ.
ހައިތަމް އެމްޑީޕީން ވަކިވެފައި މިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ. ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، ހޮނިހިރު ދުވަހުއެވެ.

ލ.ފޮނަދޫ ދާއިރާގެ މެމްބަރު، މޫސާ ސިރާޖު އެމްޑީޕީ ދޫކުރައްވައި، ޕީޕީއެމާއި ގުޅިވަޑައިގެންނެވިއިރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙުމަދު ރަޝީދު(ޗެކްމާކް) ވެސް ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި ޕީޕީއެމާއި ގުޅިވަޑައިގަންނަވައިފައެވެ. އޭނާ ކުރިން ހުންނެވީ އެމްޑީޕީގައެވެ.