މާބަނޑު ދުވަސްވަރުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަކީ، ބަނޑުގައިވާ ތުއްތު ދަރިފުޅަށާއި، މައި މީހާއަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

Ads by Asuru

އެގޮތުން މާބަނޑު މީހާއަށް ކެވިދާނެ އެންމެ ފައިދާ ހުރި އެއް ކާނާ އަކީ ފެނު ކެއްކި ބިހެވެ. ބިސް ކާން ވާނީ ވަރަށް ރަނގަޅަށް ރޯ ފިލުވައިގެންނެވެ. އަދި އެއީ މުއްދަތު ހަމަނުވާ ބިސްކަންވެސް ޔަގީން ކުރަންވާނެއެވެ.

ފެނުކެއްކި ބިހުގައި ހިމެނޭ މިނެރަލް އާއި ވިޓަމިން އަދި ފެޓް އިން މައިމީހާއަށާއި ދަރިފުޅަށް ފައިދާކުރެއެވެ. މާބަނޑު މީހާ ހަށިގަނޑުގައި ކޮލެސްޓްރޯލް ހިމެނޭ ވަރު ބެލުމަށްފަހު ކޮންމެ ދުވަހަކު 1-2 ބިސް ބޭނުން ކުރެވިދާނެއެވެ.

ބިހެއްގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރަކީ 185މގ ގްރާމެވެ. ކޮންމެ ދުވަހަކު މީހަކަށް ހަށިގަނޑަށް 300މގ ކޮލެސްޓްރޯލް ބޭނުންވެއެވެ.

މާބަނޑު ދުވަސްވަރު ކުކުޅު ބިސްބޭނުން ކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި،  ބަނޑުގައިވާ ދަރިފުޅަށް ޕްރޮޓީން ލިބި ދަރިފުޅު ހެދިބޮޑުވުމަށް އެހީވެދެއެވެ.

ބިހުގައި ހިމެނޭ ކޮލައިން ކިޔާ މައްދާއަކީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއަށް ފައިދާ ލިބިދޭ އަދި ގިނަބަލިތަކުން ދަރިފުޅު ދިފާއުކޮށްދޭ މާއްދާއެކެވެ. ކޮންމެ ބިހެއްގައި 70 ކެލޮރީ ހިމެނެއެވެ. އެގޮތުން މައިމީހާ އަށާއި ދަރިފުޅަށް ބޭނުންވާ ކެލޮރީސް ބިހުން ލިބިގެންދާނެއެވެ.

ބިހުގައި ހިމެނޭ ވިޓަމިންތަކުން ހާއްސަކޮށް ވިޓަމިން “އޭ”ގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ ހިތް، ފުއްޕާމޭ، ކިޑްނީ ، ލޯ އަދި ބައެއް ގުނަވަންތައް އުފެދުމަށް އެހީވެދެއެވެ.