ދައުލަތް އޮތީ ލައިގެން ކާނެ އެއްޗެއް ނެތް ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by Asuru

ކުރީގެ ރައީސް އަމީން ދީދީ އަވަހާރަވި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށް ޗީފް އޮމްބަޑްސްޕާސަންގެ އޮފީހުން ހާމަކުރުމާ ގުޅިގެން ޓޮމް ވަނީ އެ މައްސަލަ ބެލުމަށްފަހު، ޗީފް އޮމްބަޑްސްޕާސަންގެ އޮފީސް އުވާލުމަށް ގޮވާލައްވައިފައެވެ.

އޭނާ ވަނީ ދައުލަތް ހިންގުމުގެ އޮނިގަނޑު 19 މިނިސްޓްރީން 13 މިނިސްޓްރީއަށް ކުޑަ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ގަބޫލު ކުރެއްވުމަށްވެސް، އޭނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ގޮވާލެއްވިއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާމެދުގައި ކަމާބެހޭ މާހިރުން ދަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. އެގޮތުން ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަމާ ބޮޑުވަމުން އަންނަ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިންވެސް ވަނީ ބުނެފައެވެ.