އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެ ޕާޓީ ”ހިންގާލަން“ އުޅެނީ، އަސްލު އެމްޑީޕީ މީހުން ބާކީ ކޮށްގެން ކަމަށް މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒުގެ އިތުރުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. މި އިންތިހާބު އޮތީ ހޮނިހިރު ދުވަހުއެވެ.
ޝިފާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބާކީކޮށް، އެކަހެރިކޮށް، މުޅިން އެހެން ބަޔަަކަށް ވަޒީފާތައް ދެމުން އަންނަ ކަަމަށާއި، މިގޮތަށް އަަމަލު ކުރުމަށްފަހުގައި، ޕާޓީ ހިންގާލަނީ ކަމަށް ބުނުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން، ދެ ކެންޑިޑޭޓުން ވެސް ފޯރީގައި ކުރައްވަމުން އަންނައިރު، އިންތި އަދި ފައްޔާޒުވެސް ވަނީ ކެމްޕެއިނުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.
Mdp meehun baaki koh ekaherikoh mulhin aau baeh party thereah vahdhaa vazeefaa thah dhee mulhin partytherein party usoolthakaai beerahtehi bayaku ufahdhaa party meehun ekaherikohfa nukume party hingaa lani kamah buneema emmen suvaal eba ufahdhaa .
— Shifa Mohammed🎈🇵🇸 (@SifaMohammed) May 11, 2022