އޭނާއަށް ބިރު ދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލު ނުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިފަދައިން ވިދާޅުވީ، ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ގުޅިގެން، މީހަކު މިނިސްޓަރަށް ފޮނުވި އިންޒާރުގެ މެސެޖަކާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަހުލޫފަށް ފޮނުވި މެސެޖުގައި ވަނީ “އަތު ޖެހުނު ނަމަ ނޮޅާލީމުސް” ކަމަށާއި ޖަމިއްޔާއަކާ ދޭތެރޭ ފިޔަވަޅު އެޅިޔަސް މުޅި އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށެވެ.

މަހްލޫފަށް އިންޒާރު ދީފައި ވަނީ އިލްމުވެރިންގެ ނަސޭހަތާ ދެކޮޅަށް، އަދި “އިންޑިއާގެ ޕަޕެއްޓަކަށްވެ”  ޔޯގާއަކީ ހަލާލް އެއްޗެއް ކަމަށް ދައްކަން އުޅުއްވި ކަމަށް ބުނެއެވެ.

މަހުލޫފު ވިދާޅުވެފައިވަނީ އެކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެ ނަމަ އޭނާ ޔަގީނުން ވެސް ވާނީ ޝަހީދަކަށް ކަމަށާއި އަދި މިނިސްޓަރު ކަމަކީ ގަދަފަދަ ކަމެއް ކަމަށް ހީވިއަސް އޭނާއަށް މަގާމު އެއްވެސް ވަރަކަށް މުހިއްމު ނުވާ ކަމަށެވެ.