ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ އަމަލު ހިންގި ކަމަށް އޭނާ އިންކާރު ކޮށްފިއެވެ.

Ads by Asuru

ލީކުވެފައިވާ ވީޑިއޯއިން ފެންނަނީ ބިދޭސީއެއް ކަަމަށް ބެލެވޭ މީހަކާއި، ނާޒިމްއެވެ. ވީޑިއޯގައި ފެންނަނީ ނާޒިމްކަން ވަރަށް ސާފުކޮށް އެނގެއެވެ.

ނަމަވެސް ނާޒިމް ކުރި ޓްވީޓެއްގައި ބުނީ، އޭނާ އެކަމާ ކަނޑައެޅިގެން ދެކޮޅު ހަދާ ކަަމަށާއި، އޭނާ ބަދުނާމް ކުރަން އުޅެނީ މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ އިވެންޓަށް ހުރަސްއެޅި ”އެކްސްޓްރީމިސްޓުން“ނަކީ ކޮބައިކަން ހާމަ ކުރުން ކަަމަށެވެ.

https://twitter.com/nazimsat/status/1540202513785569280

ނާޒިމްގެ ލީކުވެފައިވާ ވީޑިއޯއާ ގުޅޭގޮތުން ދިވެހި ފުލުހުންގެ މުއައްސަސާއިން މިހާތަނަށް އެއްްވެސް އެއްޗެއް ނުބުނެއެވެ.

ފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ފާފައަށް އަރައި ގަންނަ މީހުން ދިވެހި މުޖްތަމައުގެ ތެރޭގައި އަންނަނީ އިތުރުވަމުންނެވެ. މިފަދަ ހަރާމް ކަންތައްތަކަށް އަރައިގަންނަ މީހުންނާމެދުގައި ފުލުހުން ފިޔަވަޅު ނާޅާ ކަަަމަށް ބުނެ، ވަރަށް ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑުވެސް ކިޔަމުންނެވެ.