މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަކީ ރާއްޖެ ބަދަލު ކުރި ޕާޓީ ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީއަށް 17 އަހަރު ފުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޓެކްސްގެ ނިޒާމު ތައާރަފުކޮށް އެމްޑީޕީން ވަނީ ދައުލަތުގެ އާމްދަނީ އިތުރު ކޮށްފައެވެ. އަދި ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީވެސް އެޕާޓީން ކަަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް 17 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވަން ނިންމައިފައެވެ.

އެމްޑީޕީ އަކީ ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފުވި ފަހުން، އެންމެ ފުރަަތަމަ ވެރިކަން ކުރި ޕާޓީއެވެ. ނަމަވެސް ދައުރު ހަމަ ނުވަނީސް، އޭރުގެ ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.