ވީޑިއޯއަކާ ގުޅޭ މައްސަލައެއްގެ ޝަރީއަތުގައި އެއީ ސައްހަ އެއްޗެއްކަން ސާބިތުވެއްޖެ ނަމަ އެ ވާނީ ވަރުގަދަ ގަރީނާއަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޖަމީލު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އިސް ބައެއް ފަރާތްތައް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އޭގެ ތެރެއިން އެއް ވީޑިއޯ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިސްލާމީ ޝަރީޢަތަށް އެއީ ސައްހަ ވީޑިއޯއެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯ ވާނީ ސއްހަ ވަރުގަދަ ގަރީނާ ހެއްކަކަށް ކަމަށެވެ. އަދި އެ ހާލަތުގައި ވީޑިއޯއިން ފެންނަ ބަޔަކު ތައުޒީރުކުރެވޭނެ ކަމަށާއި، އެއީ ޙައްދަށް ވުރެ ހަރުކަށި ވެސް ވެދާނެ ކަމެއް ކަަމަށެވެ.

”މިކުށަށް ރާއްޖޭގައި ތަޢުޒީރީ އަދަބު ވެސް ދެވޭ.“

ލީކުވެފައިވާ ވީޑިއޯތަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ.