ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭނެ ނިކަމެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީީސް ޔާމީން ވަނީ އެ ކޯލިޝަނުން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ޕާޓީއަށް މެމްބަރުން ހޯދަން ފަށައިފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާމިރު ވިދާޅުވީ, މިއަދުގެ ހާލަތަށް ބަލާއިރު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިންގަން ފުރުސަތު ދިނުމަށް އާމިރު ވަނީ ގޮވައިލައްވައިފައެވެ.

”ޤައުމު މިވަގުތު އޮތް ހާލަތައް އެކަނި ވިސްނާލި ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދަތިވާނެ ކަމެއް ކުރުމަކީ ރައްޔިތުންނަށް ދެވޭ ނިކަމެތި ކަމެއް. ހުރިހާ ފަރާތްތަކުން ވެސް ސަރުކާރު ހިންގަން ފުރުސަތު ދޭން ޖެހޭ“ އާމިރު ވިދާޅުވިއެވެ.

އާމިރު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީއޭއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަނީ ރައީސް މުޢިއްޒުއަށް ތާއީދު ކޮށްފައެވެ.