ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

އީވާ މަޤާމުން ވަކި ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 50 މެންބަރުންގެ ސޮޔާއެކުގައެވެ.

މި މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.

އީވާ މަޤާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ އޭނާ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ.