ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު އައިޝަތު ރަމީލާ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

މިނިސްޓަރަށް ޖެހިވަޑައިގަތީ ކޮން ބާވަތެއްގެ ކެންސަރއެއްކަން ސާފެއް ނޫނެވެ.

އެކަމަނާ މިއަދު ހެނދުނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، ބަލީގެ ފަރުވާއަށް ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

ބަލި ޖެހިފައިވާކަން އެނގިވަޑައިގަތީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓައި ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކަމަނާ ވަކިވެގެން ދަނީ ވަރަށް ބަރު ހިތަކާއި އެކުގައި ކަމަށެވެ.

އަދި އެންމެންނާއިވެސް ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެންމެންގެ ހެޔޮ ދުޢާ އަށް ވެސް އެދިލެއްވިއެވެ.