ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ދީފިއެވެ.

މިއީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަޓާ އައު ޕާޓީއެވެ.

އީސީގެ ރައީސް ފުއާދު ތައުފީޤާއި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ އިތުރުން، މެންބަރުންވެސް ބައިވެރިވި ބައްދަލުވުމެއްގައި އެ ޕާޓީ އުފައްދަން ހުއްދަ ދިންއިރު، ޕާޓީއަށް މެމްބަރުން ހޯދަން ވަނީ ފަށައިފައެވެ.

ޕީއެންއެފް އުފައްދަނީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީންގެ ނަމުގައެވެ. ޕީއެންއެފް އުފައްދަވަން ރައީސް ޔާމީން ނިންމެވިއިރު، އެމަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި ވަކިވެވަޑައިގެންފައެވެ.