މާލޭގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

ރޭ 23:26 އެހާކަންހާއިރު ވިލާ ކޮލެޖް ކައިރީގައި ދެ ސައިކަލެއް އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަަށް ފުލުހުން ބުނެއެވެ.

އަދި އެ އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ތިން މީހަަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާ ކަަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓް އަނިޔާވެގެން ފަރުވާދެމުން ދަނީ ދެ ފިރިހެނަކާއި އަންހެނަކަށެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާާލާދީ ފުލުހުން ހާމަކުރެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ދާދި ފަހުން ހުޅުމާލޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކު ވަނީ ނިޔާވެފައެވެ.