ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ދާޚިލީ ވުޒާރާގެ ކުރީގެ ނައިބު ވަޒީރު، ޝިފާޤު މުފީދު ޕާޓީގައި ހުންނެވި މަޤާމުންނާއި މެމްބަރުކަމުން ވެސް އިސްތިއުފާ ދެއްވައިފިއެވެ.
ޕީއެންސީގެ ރައީީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ޝިފާޤު މިއަދު ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ވަނީ ޕާޓީއާ ވަކިވެވަޑައިގަންނަވާ ސަބަބުވެސް ވެސް ލިޔުއްވައިފައެވެ.
އެ ސިޓީގައި ވަނީ ”ހައްދުންމަތިން“ އަންނަ މީހަކު ޕާޓީ އޮފީީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެމްބަރުންގެ މޫނަށް ”ހައްޕުނޑު“ ބުރުވުމުގެ ނޭއްގާނީ އުޞޫލު ކަމަށްވެ، މިފަދަ ޙާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލީސްކޮށްގެން ވެސް، އެ މެމްބަރުންގެ މާޔޫސްކަން ފިލުވައި، ދިވެހީންގެރާއްޖެ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ކަމަށް ޤަބޫލު ނުކުރެވޭތީ، މިސާހިތުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި، އަދި ޕާޓީގެ މެމްބަރު ކަމުން އޭނާ އިސްތިއުފާ ދެއްވާ ކަމަށެވެ.
ޝިފާޤު ވިދާޅުވި ގޮތުގައި، އޭނާ ދެން ގުޅިވަޑައިގަންނަވާނީ ކުރީގެ ރައީީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އާއެވެ.
ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި ވަކިވެވަޑައިގެންނެވުމާއިއެކު، އެމަނިކުފާނަށް ތާއީދު ކުރާ ފަރާާތްތަކާއިއެކު، އައު ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްވަޓައިފައިވާއިރު، އެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން ވަނީ ހުއްދަ ދީފައެވެ. ޕާޓީއެއް އުފެއްދޭނީ 3،000 މެމްބަރުން ހަމަ ވުމުންނެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެމްބަރުން ހަމަވުމުންނެވެ.

ދެފުށްކެނޑިން ރަނގަޅުވާނީ ފެއަށްދިޔައީމަ. ހުރިހާ ސިޔާސީ ޕާޓީއެއްގައި މިހާރު ތިޔަހުރީ އުޅެވިފައި. އަލަށް އުފައްދާފައި މިހާރު ހުރި ޕާޓީއަކާއި ގުޅިން ކޮންމެވެސް މަތީމަގާމެއް ލިބޭތޯބަލާ. ތިޔާގެ ބޭނުންކުރާނެ ޕާޓީއެއް މިހާރަކުނުވާނެ. އުނގުޅޭމެންކަހަލަ މީހަކުވެސް ތިޔަށްވުރެ ރަނގަޅުވާނެ.