ފަޤީރުން ދަފްތަރުގައި ހިމެނޭ މީހުން ޙާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ފޯމު ހުށަހަޅަންޖެހެނީ 2021 އަދި 2022 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ މީހުން ކަމަށެވެ.
ފޯމު ހުށަހެޅޭނެ ސުންގަޑި އަކި، އަންނަ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ތިންވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:15 އިން 11:45 އަށެވެ.
މި ފޯމު ކޮންމެހެން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި ވަނީ، ދަފްތަރުގައި ހިމަނާފައި ވަނިކޮށް ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންނާއި، ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުން ހިމެނެއެވެ. އަދި ދަފްތަރުގައި ހިމަނާފައި ވަނިކޮށް 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް ހިމެނެއެވެ.

އޮންލައިން ކޮއްފޯމް ފުރަން ކިހިނެއް ހަދަން ޖެހެނީ އޮންލައިން ކޮއް ފޯމް ފުރާފަ ލެވޭތޯ