މާލެ ސިޓީ ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭތީ، މި ސަރަހައްދުގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގެރޭސި ބަހުން ޚުޠުބާ ކިޔުމާއިމެދު ޙިޔާލު ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ރާއްޖޭގައި ބިދޭސީ، މުސްލިމު މަސައްކަތްތެރިން ގިނަކަން ފާހަގަކުރައްވައިފައެވެ.
”މިހެންކަމުން މާލެ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި، އިންގްލިޝް(އިނގެރޭސި) އިން ޚުޠުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ބަލާލަން ބޭނުން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވަނީ މަސައްކަތުގެ މާހައުލުގައި ސުލޫކާއި އަޚްލާޤް، އަދި ދީންވެރިކަން އިތުރުވުމުގައި ބިދޭސީން ދަންނަ ބަހަކުން އިއްވޭ ޚުޠުބާގެ ދައުރު މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އިނގެރޭސި ބަހުން ޚުޠުބާ ކިޔުމުގެ ވާހަކަ އެމަނިކުފާނު ފޭސްބުކްގައި ޕޯސްޓު ކުރެއްވެވީ އެކަމަށް ޚިޔާލެއް ހޯދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އިގިިިރޭސި ބަހުން ޚުތުބާ ކިއުމުގެ ބޭނުމެއް ދިވެހި ގައުމުގައި ނެތް،،ޚުތުބާ އޮންނަންވާނީ، ދިވެހި ބަހުން ނޫންނީ އަރަބި ބަހުން