ދިވެހި ރައްޔިތުން، ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު، ރައީސް ޔާމީންގެ މަތިން ހަނދާން ނުނެތޭ ކަމަށް ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.
ޖަމީލު މިހެން ވިދާޅުވިއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކ.ހުރާއަށް ވަޑައިގަތުމުން، ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ނުކުމެ އިޙްތިޖާޖު ކުރިއެވެ. މި އިޙްތިޖާޖުގެ ބައިވެރިން ވަނީ ޕީޕީއެމް/ޕީއެންސީ އިން ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ރައީސް ޔާމީންގެ ނަންފުޅު ލިޔެފައިވާ ހުސް ގޮނޑިއެއް ޖަލްސާތަކުގައި ބޭނުންކުރިކަން ފާހަގަކޮށްފައެވެ.
ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވަކިވެވަޑައިގެންފައިވާ މި ދަނޑިވަޅުގައި މި ކުރި އިޙްތިޖާޖުގައި ފިޔާތޮށި ކުލައިގެ ހުސްގޮނޑިއެއް ވެސް ބޭނުންކޮށްފައިވެއެވެ.
K. Huraa ah ziyaaraiy kuri PPM vafudhah, campaign gai beynun kuri Raees Yameen ge gondikolhu dhakkalaifi.
Ithuru mauloomaathu: https://t.co/9V6kp9Fdiy pic.twitter.com/SGiBatqZbk
— #MvCrisis (@MvCrisis) December 1, 2023
މިކަމާ ގުޅިގެން ރައީީސް ޔާމީންގެ އިސް ވަކީލު، ޑރ.ޖަމީލު ވިދާޅުވީ އެއްވެސް ރައްޔިތަކު ބޭއިންޞާފު ބަލައެއް ނުގަންނާނެ ކަމަށާއި، ރައީސް ޔާމީން މަތިން ރައްޔިތުން ހަނދާން ނުނެތޭ ކަމަށެވެ.
”އެ ގޮނޑިކޮޅުގެ މާތް ކަމާއެވެ!“ ޑރ.ޖަމީލުގެ ޕޯސްޓުގައިވެއެވެ.
އެއްވެސް ރައްޔިތަކު ބޭއިންޞާފު ބަލައެއް ނުގަންނާނެ. ރ. ޔާމީނު މަތިން ރައްޔިތުން ހަނދާން ނުނެތޭ. އެ ގޮނޑިކޮޅުގެ މާތް ކަމާއެވެ! https://t.co/1uJg8H23Ns
— Mohamed Jameel Ahmed (@MJameelAhmed) December 1, 2023
ރައީސް ޔާމީންއާއި ޕީޕީއެމް/ޕީއެންސީއާ ދެމެދު އުފެދުނު ނުތަނަވަސްކަމާއިއެކު، އެމަނިކުފާނު މިހާރު ގެންދަވަނީ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމުގެ މަސައްކަތް ކުރައްމުންނެވެ.
