ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ދަތުރުފުޅަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ހާމަ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ ރައީސް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވަން ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ މަޢުލޫމާތު ސަރުކާރުން ހާމަކުރައްވަން ނިންމެވިއިރު، ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނު ވަނީ،
