ކޮންމެ ދިވެހި ދަރިއެއް މި ޤައުމަށް މުހިންމުކަމަށާއި، އެކަކު އަނެކަމަށް އޯގާތެރިވެ އަޅައިލުމުގައި ނަމޫނާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ބައިނަލްއަޤްވާމީ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަނޑައަޅައިފައިވެއެވެ.
މިގޮތުން މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި، އެ ފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ސިޔާސަތު އެކުލަވައިލައި، ތަންފީޒު ކުރަން ފަށަން ހިމަނައިފައިވެއެވެ. އަދި މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންކަން ގާތުން ބަލައި އެހީތެރިވުމަށް ވެސް ވަނީ ހިމަނުއްވައިފައެވެ.