އައްޑޫ ހިތަދޫގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލި 30 އަހަރުގެ މީހާ އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާ ދެމުން އަންނަ އިރު އޭނަގެ ހާލު ސީރިއަސްއެވެ.

އިއްޔެ ވެސް ހިތަދޫ ގެއަކަށް ވަދެ، ތޫނު އެއްޗަކުން 20 އަހަރުގެ މީހަކަށް ހަމަލާ ދީފައިވެއެވެ.

މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.