ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އައްޔަނު ކުރި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ޕީސީބީއަށް އައްޔަނުކުރި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އެ މެންބަރުންނަށް ރުހުން ހޯދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވި ސިޓީ އިއްވަވައިފައެވެ.

ޕީސީބީއަށް އައްޔަނުކުރެއްވި މެންބަރުންނަކީ ޕީސީބީގެ ރައީސަކަށް ހަމްދީ އަގީލް، އިކޮނޮމިކްސް ދާއިރާއިން ހަސަން ޒަރީރު، އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން އަހުމަދު މުޝްތާގު، ބޭންކިންގެ ދާއިރާއިން، ލީނާ އަބްދުލް ޖަލީލް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މޫސާ ފަތުހީއެވެ.

ފަސް މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަސް ފޮނުވާފައިވާއިރު އެންމެ ފަހުން އެ ބޯޑަށް އައްޔަނުކުރި އަހްމަދު ނަޝާތުއަށް ރުހުން ހޯދުމަށް މަޖިލީހަށް އަދި ފޮނުވާފައެއް ނުވެއެވެ.

ޕީސީބީއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.