ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު(ޑީއެމްޑީ)އަކަށް ޝުއާއުﷲ ސަޢީދު ހަމަޖައްސަވައިފިއެވެ.

އޭނާ އަކީ މީގެ ކުރިން، ޗެނަލް13 އިން އާއްމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ”މަޑިސީލަ“ ޕްރޮގްރާމް ހުށަހަޅައިދިން އެކަކެވެ. އިދިކޮޅުގައި ހުރެ، ޕީޕީއެމް/ޕީއެންސީން ހިންގި މަގުމަތީ ހަރަކާތްތަކުގައި ވެސް ޝުއާއުﷲ ހަރަކާތްތެރިވެފައިވެއެވެ.

ަޝުއާއުއަށް އެފްއެސްއެމްގެ ޑީއެމްޑީގެ މަޤާމު ލިބިވަޑައިގެންނެވުމުން، އެފްއެސްއެމުން ވަނީ އޭނާއަށް މަރުޙަބާ ކިޔައި އެކްސްގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޝުއާއު ވަނީ ވަނީ މިފްކޯގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

2013 ވަނަ އަހަރުން 2014 އަށް އޭނާ މިފްކޯގެ ބޯޑު ޑައިރެކްޓަރުކަން ކުރެއްވިއިރު، 2017 ވަނަ އަހަރާ ހަމައަށް އޭނާ ހުންނެވީ އެ ކުންފުނީގެ ވޯކިން ޑައިރެކްޓަރެއްގެ މަޤާމުގައެވެ.