ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ބައްސާމް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީ އޭނާގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފެހެއްޓީ ފުލުހުން އެދިގެންނެވެ.
އެނގިފައިވާ ގޮތުގައި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.
ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ އެފްއޭއެމްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށެވެ.
މިދިޔަ އޮކްޓޫބަރު 22 ގައި ފުލުހުން އެފްއޭއެމް ރެއިިޑްކޮށް މި ތަހުގީގު ފެށީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެންނެވެ.
