ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލްގެ އެދުމުގެ މަތިން ސްކޫލްގެ ބޭރުގައި ބެލެނިވެރިން އާންމުކޮށް މަޑޮކޮށްގެން ތިބޭ ސަރަހައްދު ހިޔާ ކުރަމުގެ މަސައްކަތް އާބަންކޯ އިން ފަށައިފިއެވެ.

އާބަންކޯއިން ބުނީ، ބެލެނިވެރިންގެ އެދުމުގެ މަތިން ރެހެންދި ސްކޫލުގައި ޤާއިމު ކުރެވޭ ކެނޮޕީގެ ބޭނުމަކީ ދަރިވަރުން ގެންގޮސް އަދި ބަލައިދާ ބެލެނިވެރިންނަށް މޫސުން ގޯސްވާ ދުވަސްތަކުގައި ހޫނު ގަދަ ދުވަސްވަރު ހިޔަލުގައި މަޑުކޮށްލެވޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.

އަރބަންކޯއިން ބުނީ، އެ ކުންފުންޏަކީ އަބަދުވެސް ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށާއި، އެ ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ޤާއިމު ކުރެވިފައިވާ ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ ވިޔަފާރިތަކަށް ހުރި އުނދަގޫތައް ވެސް ބަލާ، ޙައްލު ހޯދައިދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

 

އާބަންކޯ އިން، ރެހެންދި ސްކޫލްގެ ބެލެނިވެރިން މަޑުކޮށްގެން ތިބެން ޖެހޭ ސަރަހައްދު ހިޔާކޮށްދޭން ވަނީ ފަށައިފައި

”އާބަންކޯގެ ފަރާތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެކި އޮފީސް އަދި ސަރުކާރު ވުޒާރާތަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އަބަދުވެސް ދަނީ މިކޯޕަރޭޝަންގެ ސީ.އެސް.އާރްގެ ދަށުން ކުރަމުންނެވެ.

އާބަންކޯއިން ބުނީ، މިފަދަ ކަންކަން ކުރުމުގައި ހުޅުމާލޭގައި ހުންނަ ސްކޫލުތަކަށް އަބަދުވެސް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.