ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި ހުންނެވި ރައީސް މުޙައްމަދު އަސްލަމް އިޢުލާނު ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށެވެ.
އަސްލަމް މިކަން އިޢުލާނު ކުރެއްވިއިރު، މީގެ ކުރިން މަޖިލީހުގެ ދައުރު ދަންމައިލީ، މި މަހުގެ ހަތް ވަނަ ދުވަހަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓަށް ބަހުސް ކުރުން ކުރިޔަށް އެބައޮތެވެ.
މަޖިލީހުގެ މަސައްކަތްތައް ދިގުލައިގެން ދިޔައީ، އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކޯޅުން ބޮޑުވެ، މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ދުރު ކުރުމަށް ހުށަހެޅި މައްސަލަ ލަސްކުރަން އުޅެ، ޖަލްސާތައް ކުރިޔަށް ނުގެންދެވުމުގެ ސަބަބުންނެވެ.