މާލެ ސިޓީ ކައުންސިލުގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު، މަރިޔަމް ރީހާން ނާޘިމް، ދަ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެންފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ މިކަން ކަށަވަރުކޮށްދެއްވައިފިއެވެ.

ރީހާން ޕާޓީން ވަކިވި ސަބަބެއް ސާފެއް ނޫނެވެ. އައު ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވުމަށް މާލެ ސިޓީ ކައުންސިލުގެ މެމްބަރުންތަކެއް މިހައިތަނަށް އިސްތިއުފާ ދެއްވައިފައިވެއެވެ.

 

 

އެގޮތުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ރަމީޒާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ނާސިރު ވަނީ ރައީީސް އޮފީހުގެ މިނިސްޓަރުންގެ މަޤާމަށް އައްޔަނު ކުރައްވައިފައެވެ. އަދި ސިޓީ ކައުންސިލުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޝަމްނާޒް ޢަލީ ސަލީމަށް ވަނީ މުލީއާގޭގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފައެވެ.