ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ އައު ސީ.އީ.އޯ، ހީނާ ވަލީދު އަށް އެކުންފުނިން މިއަދު މަރުޙަބާ ކިޔައިފިއެވެ.
އެންސްޕާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނިން އައު އެމްޑީއަށް މަރުޙަބާ ކިޔައި، ސްޓާފުންނާއި މެނޭޖްމަންޓަށް ތަޢާރަފުވެފައިވާކަން ފާހަގަކޮށްފައެވެ.
Newly appointed Chief Executive Officer (C.E.O), Ms Heena Waleed was welcomed by team NSPA and had an Introductory Meeting with Management and staff. pic.twitter.com/k33vwrWjCK
— NSPA (@NSPAmaldives) December 6, 2023
ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަޤާމު އަދާ ކުރައްވަމުން ގެންދެވި ހީނާ އަކީ މީޑިއާ ދައިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ، އާއްމުންގެ މެދުގައި މަޤްބޫލު ބޭފުޅެކެވެ. ހީނާ ޓީވީއެމްގައި 17 އަހަރު ވަނީ މަސައްކަތް ކުރައްވައިފައެވެ.
ހީނާ އަކީ ކޮމިއުނިކޭޝަން އަދި ޖާނަލިޒަމް ދައިރާއިން ތަޢުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމުވެސް އަދާ ކުރައްވައިފައެވެ.


ކަމުދާ މީހެއްނޫން ޚިދުމަތް ވަރަށް ގޯސް