އެމްޑީޕީގެ 2018 ގައި އުފެދުނު ސަރުކާރުގައި އެކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ހުރި އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ޕާޓީގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިއްޔެގެ ވަގުތެއްގައެވެ.
މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިޚާބުތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.
ޖޭޕީ އަކީ 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް ހުރި ޕާޓީއެކެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކައިރިވަމުން އަންނައިރު، އިންތިޚާބުތަކުގައި ގުޅިގެން މަސައްކަތް ކުރަން، އެމްޑީޕީން ވަނީ އަދާލަތު ޕާޓީއާއިއެކު ވެސް މަޝްވަރާ ކޮށްފައެވެ.

