ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
އެ އިދާރާއިން، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި އެލާޓް ނެރެފައި ވަނީ، އައްޑު އާއި ފުވައްމުލައް ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހައި ހިސާބަކަށެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30. އާ ހަމައަށެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
